Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

ޕީޖީ އޮފީހުގެ ގޮތްޕެއް ފުވައްމުލަކުގައި ހުޅުވައިފި

ޕްރޮސެކކިއުޓަ ޖެނެރަލް އޮފީހުގެ ގޮތްޕެއް މިއަދު ފުވައްމުލަކުގައި ހުޅުވައިފި އެވެ.

އެ ގޮފި ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އޮފިސް ހުޅުވައިދެއްވީ ޕީޖީ ހުސައިން ޝަމީމާއި ފުވައްމުލައް މޭޔަރު އިސްމާއީލް ރަފީގެވެ. އެ ރަސްމިއްޔާތުގައި އެ ސިޓީގެ އެކިއެކި އޮފީސްތަކުގެ މުވަައްޒަފުން ވެސް ބައިވެރިވި އެވެ.

ފުވައްމުލަކުގައި ޕީޖީ އޮފީހުގެ ގޮތްޕެއް ހުޅުވުމާ ގުޅިގެން މޭޔަރު ރަފީގު ވިދާޅުވީ އެކަމަކީ އެ ސިޓީ އަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި ޕީޖީ އޮފީހުގެ ހިދުމަތްތައް އަތޮޅު ތެރެއިން ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި މީގެ ސަބަބުން އިންސާފު ހޯދަން ކުރަން ޖެހޭ މަސައްކަތްތަކަށް ވެސް ލުއިތަކެއް ލިބެގެން ދާނެ އެވެ.