މާލޭގައި މިނީ ބަހުގެ ރޫޓަށް އުނދަގޫވާ ގޮތަށް ޕާކުކުރި 797 ވެހިކަލްގައި ސްޓިކާ ޖަހައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 8 އިން 17 އަށް 69 ސައިކަލަކާއި އެއް ކާރު ޓޯކޮށްފައިވާ ކަމަށެވެ.
ބަސްތަކަށް ދަތުރުކުރުމުގައި ދަތިވާގޮތަށް ޕާކުކޮށްފައިހުރުމުން 797 އުޅަނދެއްގައި ވައިލޭޝަން ސްޓިކާ ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައިއެވެ.
ފުލުހުން ބުނެފައިވަނީ މިނީ ބަސް ދުއްވާ ރޫޓްތަކުގައި ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދުތަކުގައި ދިނާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގައެވެ.