Last Updated: June 11, 05:43
Thursday, June 11, 2026
ޚަބަރު

ވެލިދޫ ދޯނި އެހެލާ ތަނުގެ މަސައްކަތް ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ހިއްކި ސަރަޙައްދު ލެވެލް ކުރުމުގެ މަސައްކަތުގެ 86 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި ސަރަޙައްދު ލެވެލް ކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއަކީ 19.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.