Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަނަކަށް މުސްތަފާ

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމަށް އެ އޮފީހުގެ އިންވެސްޓިގޭޓަރެއްގެ މަގާމުގައި ހުންނެވި މުސްތަފާ ހަމީދު އައްޔަންކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި މަރިޔަމް ލައިޒާ މި މަހުގެ 6 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާނޫނުގައިވާ ގޮތުން އެ މަގާމު ހުސްވާތާ 15 ދުވަހުގެ ތެރޭގައި ބޭފުޅަކު އަލުން އައްޔަން ކުރަންޖެހެ އެވެ. މުސްތަފާ މަގާމަށް ހަމަޖެއްސީ މުއްދަތު މިއަދަށް ހަމަވާ ގޮތށް އޮއްވަ އެވެ.