Last Updated: July 11, 13:32
Saturday, July 11, 2026
ޚަބަރު

ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސިވިލް ކޯޓު- ފޮޓޯ: މުހައްމަދު ޝަރުހާން

ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހު މެންދުރު 1:00 ގެ ނިޔަލަށެވެ.

ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބޭނެ އެވެ.

މީގެއިތުރުން ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބިގެންދާނެ އެވެ.