Last Updated: June 26, 03:21
Thursday, June 25, 2026
ސިޔާސީ

ރާއްޖެ އާއި ސައުދީއާ ދެމެދު އިތުރު އެއްބަސްވުމެއް

ރާއްޖޭން ސައުދީ އަރަބިއްޔާއާ އެކީ އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިެ ގައުމުން ސޮއިކޮށްގައި ވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ 77 ވަނަ އާންމު މަޖިލީހުގެ ޖަލްސާގެ ހާވާސާގެ ތެރެއިންނެވެ.

ރާއްޖެ އާއި ސައުދީއާ ދެމެދު ވެވުނު އާ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ސައުދީ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން އަލް-ސައުދެވެ.

މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެ އާއި ސައުދީއާ ދެމެދު ހާރިޖީ ދާއިރާ އިން ރޮނގުން އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ހާއްސަކޮށް ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، ދެ ގައިމުގެ މަސްލަހަތު ހިމެނޭ ބައިނަލްއަގުވާމީ މައްސަލަތަކާއި ބެހޭ ގޮތުން ހުރިހާ ފަންތިއެއްގައި ދެ ގުއުމުގެ ދެމެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމަށް ވެސް އާ އެއްބަސްވުމުގެ ތެރެއިން މަގުފަހިވެގެންދާނެ އެވެ.

ރާއްޖޭން ސައުދީއާ ގުޅުން ގާއިމުކުރީ ފައިވަނީ މާޗް 17، 1981 ގަ އެވެ.