Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ފުލުހުން 130 ސީސީޓީވީ ކެމެރާ ހޯދަނީ

ފުލުހުންގެ ބޭނުމަށް 130 ސީސީޓީވީ ކެމެރާ ހޯދަން އިއުލާންކޮށްފި އެވެ.

ފަހަކަށް އައިސް ފުލުހުންނަށް އިންޒާރުދީ އެ މީހުންނަށް އަމާޒުކޮށްގެން އެކި ކަހަލަ އަނިޔާވެރި އަމަލުތައް ވެސް މާލެ ސަރަހައްދާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިންގުން އިތުރުވެފައިވާ އިރު، ފުލުހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބޭނުން ވަނީ 40 ބުލެޓް ނެޓްވޯކް ކެމެރާ އާއި 35 މިނީ އައިއާރް ފިކްސްޑް ބުލެޓް ނެޓްވޯކް ކެމެރާގެ އިތުރުން 55 ޑޯމް ނެޓްވޯކް ކެމެރާ ކަމަށެވެ.

އެއެންވެ މިތަކެތި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން މި މަހުގެ މި މަހު 28 ގެ ކުރިން ރަޖިސްޓްރީކޮށް މި މަހުގެ 29 ގައި، ބީލަން ހުށަހަޅަން ޖެހެ އެވެ.

ބީލަމުގެ ބައިވެރިވުމަށް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަން ވެސް ޖެހެ އެވެ.