Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ގަމުން ގެއްލުނު މީހާ ފެނިއްޖެ

ލ. ގަމުން ގެއްލިގެން ހޯދި ދުވަސްވީ އަންހެން މީހާ ފެނިއްޖެ އެވެ.

އިއްޔެ ހަވީރު 6:00 ޖަހަން އުޅެނިކޮށް ގެއްލިގެން ހޯދި ގަން ތުނޑި ރަތްފުސްގެ ހަދީޖާ އަބްދުލް ރަހްމާން, 85 ފެނުނީ ގެއްލިގެން ހޯދާތާ 12 ގަޑިއިރު ފަހުން މިއަދު ހެނދުނު 6:00 އެހާކަށްހާ އިރު އެވެ. އޭނާ ފެނުނީ ގަމު އަވަށު ވަލުތެރޭގައި ހުންނަ، ނަރުދަމާ ނިޒާމުގެ ޖަންކްޝަން ޕްލާންޓެއް ކައިރީގައި އިންދާ ވަލުތެރެއިންނެވެ.

ނަމަވެސް ހަދީޖާގެ ހާލު ރަނގަޅެވެ.

ހަދީޖާ އަކީ މީގެ ކުރިން ވެސް ގެއްލިގެން ހޯދަން ޖެހުނު މީހެކެވެ.

ހުޅުމާލޭން ޒުވާނަކު ގެއްލިގެން ވެސް އަންނަނީ ހޯދަމުންނެވެ. ފުލުހުން ބުނީ މުހައްމަދު އަޒުހާން، 27، ގެއްލިގެން ރިޕޯޓްކުރީ ހެނދުނު 7:00 ގައި ކަމަށެވެ.