އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް 100 ގައުމީ ދިދަ އާއި ދިދަދަނޑި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން މި މަހުގެ 28 ގެ މެންދުރު ފަހު 1:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީވާން ޖެހެނީ މި [email protected] މެއިލް މެދުވެރިކޮށެވެ.
އޭއީއެެޗުން ބުނީ ބީލަމަށް ރެޖިސްޓްރީނުކުރާ ފަރާތްތަކާއި ބީލަން ހުޅުވަން ހަމަޖެހިފައިވާ ގަޑިއަށް ނުދާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަންނާނެ ކަމަށެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 6 ގެ މެންދުރު ފަހު 1:00 ގައި ހޮސްޕިޓަލްގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމްގަ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މި މަހުގެ 29 ގެ ކުރިން މި [email protected] މެއިލް މެދުވެރިކޮށް ސާފުކުރެވޭނެ އެވެ.