Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

ދޮން ދަރިއަކަށް "ޖިންސީ ގޯނާކޮށްގެން" ހައްޔަރު!

ސ. މީދޫގައި ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮން ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ ކުޑަކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރޭ ފުލުހުންގެ ބެލުުގެ ދަށަށް ގެންގޮސްފައި ވަނީ މީދޫ މީހަކާ އިނދެގެން އުޅޭ ފުވައްމުލަކު މީހެއް ކަމަށެވެ. އޭނާއަކީ ހެރަތެރަ ރިސޯޓުގެ ލޯންޗް ކުރޫއެެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އުމުރަކީ 38 އަހަރެވެ.

މި ހާދިސާ އާ ގުޅިގެން ފުލުުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.