Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ބީއެމްއެލްގެ އެހީ ޑެފް އެސޯސިއޭޝަނަށް

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ސައިން ލެންގުއޭޖްސް" އާ ގުޅުވައިގެން ބީއެމްއެލް އިން ހާއްސަ ހަރަކާތްތައް ހިންގައިފި އެވެ.

މިގޮތުން ބީއެމްއެލް އިން ވަނީ މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް އަށް ސައިން ލެންޖުއޭޖް ޑިންޝަނަރީ އެއް އުފެއްދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން ސެޝަންއެއްވެސް މިއަދު ވަނީ މުވައްޒަފުންނަށް ބާއްވާފަ އެވެ.

ބީއެމްއެލް އިން 2020 ވަނަ އަހަރުވެސް ވަނީ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިންގ ސެޝަން އެއް ބާއްވާފަ އެވެ.