އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ މި އަހަރުގެ "ވޯލްޑް އިންވެސްޓަ ވީކް" ގައި ބައިވެރިވާން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހުޅުވާލައިފި އެވެ.
އެތަނުން ބުނީ އަންނަ މަހުގެ ހަތަރު ދުވަހަކަށް ރާވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ "ވޯލްޑް އިންވެސްޓަ ވީކް "ޕްރޮގްރާމްގެ ތެރެއިން ކޮލެޖާއި ޔުނިވަސިޓީ ދަރިވަރުންނަށް ހާއްސަކޮށްގެން އަންނަ މަހުގެ 4 ގައި ބާއްވަން ހަމަޖެހިފައިވާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް، "ފޯފައިނޭންޝަލް ލިޓްރަސީ ފޯ ޔޫތު" ގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނާއި އަންނަ މަހުގެ 5 ގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ "ފައިނޭންޝަލް ޖާނަލިޒަމް" ގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިންނަށް މި މަހުގެ 29 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން މި މަހުގެ 6 ގައި އާންމުންނަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ "ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް ވެބިނަ އޮން ސަސްޓެއިނަބަލް ފައިނޭންސް" ގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 2 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އަންނަ މަހުގެ 9 ގައި އާންމުންނަށް ހާއްސަކޮށްގެން ބާއްވަން ހަމަޖެހިފައިވާ "އިމްޕޯޓަންސް އޮފް ފައިނޭންޝަލް ލިޓްރަސީ: އޮންލައިން" ގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 3 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ސީއެމްޑީއޭ އިން ބުނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެތަނުގެ ވެބްސައިޓް [email protected]
މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. ކޮންމެ ޕްރޮގްރާމަކަށް ވެސް ރަޖިސްޓްރީކުރަން ޖެހެނީ ވަކިވަކިންނެވެ. އަދި މިކަމާ ބެހޭ އިތުރު މައު؛ޫމައުލޫމާތު 3014140 ނުވަތަ 3014110 އިން ލިބޭނެ އެވެ.
"ވޯލްޑް އިންވެސްޓަ ވީކް" އަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި އިންވެސްޓްކުރުމާ ގުޅޭ ކަންކަމަށް އިންވެސްޓަރުން ހޭލުންތެރިކޮށް އަހުލުވެރިކުމުގެ މަގުސަދުގައި އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (އައިއޯއެސްސީއޯ) އިން އިންތިޒާމްކޮށްގެން ބައިނަލްއަގުވާމީ ފެންވަރެއްގައި ފާހަގަކުރާ ހަފުތާއެކެވެ.