Last Updated: June 11, 05:43
Thursday, June 11, 2026
ޚަބަރު

ކެންދޫ ބޭރުތޮށީލުން ބާރަށް ކުރިއަށް

ބ. ކެންދޫ ބޭރުތޮށި ލުމުގެ މަސައްކަތް ބާރަށް ކުރިއަށްދަމުން އަންނަކަން އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި، ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 65 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 110 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކެންދޫގައި ކުރިއަށްދާ މަޝްރޫއުތަކަކީ 41.1 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.