Last Updated: June 11, 05:43
Thursday, June 11, 2026
ޚަބަރު

އެސްޓީއޯއިން ހިޓާޗީ ފްރިޖް ޕްރޮމޯޝަނެއް

އެސްޓީއޯއިން ހިޓާޗީ ފްރިޖް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން މި ފްރިޖް ޕްރޮމޯ ކުރިޔަށްގެންދަނީ 25 ސެޕްޓެމްބަރ އިން ފެށިގެން 5 ނޮވެމްބަރ 2022 ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައެވެ.

މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިވަޑައިގަންނަވާނެ ކަމަށާއި، ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން ބުނެފައިވަނި މި ގިފްޓް ވޮއުޗަރގެ ދަށުން އިނާމުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެތަކެތި ކަމަށެވެ. ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، މި ޕްރޮމޯޝަންގެ ކޫޕަން ލިބިވަޑައިގަންނަވާނީ ޑިޖިޓަލް ކޫޕަންއެއްގެ ގޮތުގައި ކަމަށް ވެސް މައުލޫމާތުދީފައިވެއެވެ.