Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އެސްޓީއޯ އަށް 189 މިލިއަން ޑޮލަރުގެ އެހީއެއް

އެސްޓީއޯ އަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން 189 މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.

އިސްލާމިކް ފައިނޭންސިންގެ މޮޑެލްއެއް ކަމަށްވާ މުރާބަހާ ފައިނޭންސިންގެ ދަށުން ދިން މި އެހީގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލެމް ސޮންބޮލް އެވެ.

މުރާބަހާ ޓްރޭޑް ފައިނޭންސިން އެގްރީމަންޓްގެ ދަށުން ދެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެއީ އައިޓީއެފްސީ އާއި އެސްޓީއޯއާއި ދެމެދު ހެދި އެއްބަސްވުމަކާއި އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އާއި އައިޓީއެފްސީއާ ދެމެދު ވި އެއްބަސްވުމެވެ.

މިފްކޯ ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމުގެ ތެރެއިން މިފްކޯ އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށާއި އޭގެ ސަބަބުން މަސްވެރިންނަށް މަންފާ ލިބިގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުންތަކަކީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތި ދަނޑިވަޅުން އަރައިގަތުމަށް ލިބުނު ވަރަށް ބޮޑު އެހީއެއްކަމަށް ވެސް ވިދާޅުވި އެވެ.