އިގުތިސާދުގެ ތެރޭގައި މިހާރު ދައުރުވާ ދިވެހި ރުފިޔާގެ 50ރ. ނޫޓް މަދުވުމާ ގުޅިގެން އެ ނޫޓް އަލުން ޗާޕްކޮށްގެން ގެނެސް ބޭނުންކުރަން ތައްޔާރުވެއްޖެ
މިކަމާ ބެހޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އެ ނޫޓުތައް ޗާޕްކޮށްގެން ގެނައީ އިއްޔެ ކަމަށާއި އެ ނޫޓްތައް މިހާރު ހުރީ ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައި ކަމަށެވެ.
މިހާރު ބޭނުންކުރަމުން އަންނަ 50ރ. ގެ ނޫޓަކީ ރާއްޖޭގައި ފައިސާ ޕޮލިމާ ނޫޓަށް ބަދަލުކޮށް 2016 ގައި "ރަންދިހަ ފަހެއް" ގެ ނަމުގައި ތައާރަފުކުރި ނޫޓް ސީރީޒްގައި ހިމެނޭ ނޫޓެކެވެ.