އަވަހާރަކޮށްލި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.
ޝިންޒޯ އަބޭ އަވަހާރަވީ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަ ށްދިޔަ އާންމު އެއްވުމެއްގައި އުޅުއްވަނިކޮށް އޭނާ އަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަބޭގެ ޖަނާޒާ މާދަމާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބާއްވާ އިރު، މި ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ސްޓޭޓްތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް ސޯލިހުގެ މަންދޫބެއްގެ ގޮތުގައި ޖަނާޒާގައި ރާއްޖޭން ފޮރިން މިނިސްޓަރު ބައިވެރިވަޑައިގަންނަވާ އިރ، ރައީސް މިއަދު ވަނީ އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރެއް ފައްޓަވައިފަ އެވެ. އެގޮތުން މި ވަގުތު ރައީސް ހުންނެވީ ހދ. ނާވައިދޫގަ އެވެ.