ރާއްޖެ އާއި މަލާވީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މަލާވީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ނެންސީ ޓެމްބޯ އެވެ.
މަލާވީ އަކީ ރާއްޖޭން ސިޔާސީ ގުޅުން ގާއިމުކުރި 182 ވަނަ ގައުމެވެ. އެ ގައުމަކީ ދެކުނު އިރުމަތީ އެފްރިކާގެ ގައުމެކެވެ.
ގައުމުތަކާ އެކީ ގުޅުން ބަދަހިކުރުމަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަމާޒެވެ. ރާއްޖޭން ގިނީ ބިސާއޫ އެކީ ވެސް މި ހަފުތާގައި ގުޅުން ގާއިމުކޮށްފައިވެ އެވެ.