މި ސަރުކާރުން ވި ވައުދުތަކުގެ 99 ޕަސެންޓް ފުއްދާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވުމާ ގުޅިގެން ފުއްދުނީ ކޮން ވައުދުތަކެއްތޯ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އައްސަވައިފި އެވެ.
އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ގާސިމަށް ރައްދު ކުރައްވައި ދެ ބިލިއަނުން ބަދަލު ލިބުނު ކަމަށާއި އެފަދަ ފައިދާ ލިބޭ މީހުންނަށް ރައްޔިތުންނާއި ގައުމެއް މުހިއްމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފުއްދުނީ ކޮން ވައުދުތަކެއްތޯ އައްސަވައި ސުވާލުތަކެއް ލިސްޓްކުރައްވާފައިވެ އެވެ.
ދެވުނީ ބިލިއަނުން ބަދަލު. @ibusolihގެ ފައިދާ ލިބޭ ފަރުދުންނަށް ޤައުމް/ރައްޔިތުން މުހިންމެއް ނުވާނެ pic.twitter.com/zSWIpkwAuW
— Mohamed Jameel Ahmed (@MJameelAhmed) September 26, 2022
އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ކޮބައިތޯ އާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދާއި އަހުމަދު ރިލްވާންގެ މަރަށް 24 ގަޑިއިރު ތެރޭގައި އިންސާފު ހޯދައިދެވުނުތޯ އާއި ރިކަވާކުރެވުނު އެސެޓަކީ ކޮބައިތޯގެ އިތުރުން މަސްވެރިން ބާނާ މަހަށް ހަމައަގު ލިބޭތޯ ސުވާލު އުފައްދަވާފައިވެ އެވެ.
ކޮން ވަޢުދެއް ފުއްދުނީ؟
1. ކޮބާ ޖޭއެސްސީ އެކުލެވިގެންވާ ގޮތް؟
2. އަފްރާޝީމާއި ޔާމީނާއި ރިޟްވާންގެ މަރަށް 24 ގަޑިއިރު ތެރޭގައި އިންޞާފް ހޯދައިދިނުން؟
3. ކޮބާ ރިކަވާނުކުރެވުނު އެސެޓް؟
4. ކޮބާ މަހަށް ހަމަ އަގު؟ pic.twitter.com/PMCb8MCP0U— Mohamed Jameel Ahmed (@MJameelAhmed) September 26, 2022
ސަރުކާރުންވި ވައުދުތަކުގެ 99 ޕަސެންޓް ފުއްދައި ދީފައިވާ ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް މިއަދު މަޖިލީހުގައި ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ކުރެވުނު ބަހުސްގެ ތެރޭގަ އެވެ.