Last Updated: July 16, 17:14
Thursday, July 16, 2026
ޚަބަރު

މުފްތީ މެންކްގެ ދަރުހެއް އަންނަ މަހު އައްޑޫގައި

މުފްތީ މެންކް އައްޑޫގައި

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކްގެ ދަރުހެއް އަންނަ މަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ދަޢުވަތަކަށް އަންނަ މަހުގެ 28-31 މުފްތީ މެންކު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި މާލެ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ދީނީ ތަޤްރީރު ކުރައްވާނެ ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރު އެވެ.