ރަޝިއާގެ ސްކޫލަކަށް ބަޑިން ހަމަލާދީ 17 މީހަކު މަރާލައިފި އެވެ.
ރަޝިއާގެ ޒެވްސްކް ސިޓީގެ ސްކޫލަކަށް ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރެއިން 11 މީހުންނަކީ އެ ސްކޫލްގައި ކިޔަވަމުންދިޔަ ކުޑަކުދިންނެވެ. އަދި ދެ ސެކިއުރިޓީ ގާޑުންނާއި ދެ ޓީޗަރަކު ވެސް މަރުވެފައިވެ އެވެ.
މި ހަމަލާގައި 24 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. އޭގެތެރެއިން ދެ މީހަކު ފިޔަވައި ދެން ތިބި އެންމެންނަކީ ކުޑަކުދިންނެވެ. އެ ސްކޫލަކީ 1،000 ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ.
މި ހަމަލާދިން މީހާ އަމިއްލަ އަށް މަރުވެފައިވާއިރު ރިޕޯޓުތައް ބުނާގޮތުން އޭނާ އަކީ އެ ސްކޫލްގެ ކުރީގެ ދަރިވަރެކެވެ.
ރަޝިއާގެ ރައީސް ލަޑީމިއަ ޕޫޓިން ވަނީ މި ހަމަލާ އަކީ ލާއިންސާނީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު ވެސް ރަޝިއާގެ ސްކޫލަކަށް މިފަދަ ބަޑީގެ ހަމަލާއެއް ދީފައިވެ އެވެ. ރަޝިއާގެ ކާޒަން ސިޓީގެ ސްކޫލަކަށް ދިން އެ ހަމަލާގައި ވަނީ ގިނަ އަދަދެއްގެ ބަޔަކު މަރުވިއިރު އެ ހަމަލާއަށްފަހު ރަޝިއާގައި ބަޑި ގެންގުޅުމުގެ ގާނޫނު ވަރަށް ހަރުކަށިކޮށްފަ އެވެ.