ދިވެހިން އަބަދު ވެސް އިސްކަންދޭންވީ ގައުމީވަންތަކަން އިސްކުރަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހާ ގުޅިގެން ދިވެހިންނަށް ތަހުނިޔާ ފޮނުއްވައި ރައީސް ޓްވިޓާގައި ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަން ދޭން ކަމަށެވެ.
ޤައުމީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަޙުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ޤައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ޤައުމައިގެން ކުރިއަށް ދިޔުމަށް. pic.twitter.com/djqBldnwoN
— Ibrahim Mohamed Solih (@ibusolih) September 27, 2022
"އަދި ގައުމީ ބަތަލުންގެ މިސާލުން އިބްރަތް ލިބިގަނެ ގައުމައިގެން ކުރިއަށް ދިޔުމަށް." ރައީސް ވިދާޅުވި އެވެ.
ރައީސް މި ވަގުތު ހުންނެވީ ގައުމީ ދުވަހުގެ ޖަލްސާ އަށް ހއ. އުތީމުގަ އެވެ. އެގޮތުން މިއަދު ހެނދުނު އޮތް ގައުމ،ީ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ.