Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޤައުމީ ދުވަހު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނަ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ޤައުމީ ދުވަހު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނަކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޔާމީން ވިދާޅުވީ ބަނަވެ ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތިކަމާ އެކުވެސް ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ރައްޔިތުންނަށް ފޮނުވާ ކަމަށެވެ.

"ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދުލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނައެވެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، މުޙައްމަދުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުގައެވެ.