Last Updated: June 11, 05:43
Thursday, June 11, 2026
ޚަބަރު

ފިސްތޯލައެއް އޮތްކަމަށް ބުނެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ފިސްތޯލައެއް އޮތްކަމަށް ބުނުމުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

ފިސްތޯލައެއް އޮތްކަމަށް ބެނުމުން ހދ. ހަނިމާދޫ އެއާޕޯޓުން މީހަކު ހައްޔަރު ކޮށްފައިވަނީ އިއްޔެ ހެނދުނުއެވެ. ހައްޔަރު ކުރީ އެ އެއާޕޯޓްގެ މުވައްޒަފެކެވެ.

ފުލުހުން ބުނެފައިވަނީ ސުވާލު ކުރުމަށް ފަހު އިއްޔެ އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ މުވައްޒަަފަރު ހައްޔަރުކުރީ ހަށިގަނޑު ބަލައި ފާސްކުރި ވަގުތު ފިސްތޯލައެއް އޮތްކަމަށް ބުނުމުންނެވެ. މިކަންދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނިމާދޫއަށް ވަޑައިގެންނެވި ފްލައިޓް ޖެއްސުމުގެ އިރުކޮޅެއް ކުރިން ކަމަށްވެސް މައުލޫމާތުލިބެއެވެ.