Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އަލަމްގިރަށް ހުކުމް ކުރުން މާދަމާ

ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯކުރި މައްސަލައިގައި ދައުވާ އުފުލި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރްގެ މައްޗަށް ހުކުމް ކުރުން މާދަމާއަށް ތާވަލު ކޮށްފިއެވެ.

މިމައްސަލައިގައި އަލަމްގިރްގެ މައްޗަށް މިފަހުން އުފުލީ އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއެވެ. އެ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފު ވެފައެއެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުމުގައިވަނީ، އަލަމްގިރް އާއި ދައުލަތުގެ ފަރާތުން އަދަބާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އަދި މިމައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން މާދަމާއަށް ވަނީ ތާވަލު ކޮށްފައެވެ.

އަލަމްގިރްގެ މައްޗަށް އިތުރު 40 ދައުވާ އުފުލިއިރު މީގެކުރިން އޭނާގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާ ސާބިތުވެ ވަނީ ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރްއާ އެކު އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އޭގެތެރެއިން ރަފީއު އެއް އަހަރަށް ޖަލަށް އަދި ނާޒިމް ތިން މަހަށް ގޭބަންދު ކުރަން ހުކުމް ކުރިއިރު ނަޝީދުގެ މައްސަލައިގައި އަދި ހުކުމެއް ކޮށްފައެއް ނުވެއެވެ.