Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރައީސް މާލެ ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލެ ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ ހދ. ނައިވާދޫ، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގެ ތެރެއިން ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ހާއްސަ ހަރަކާތްތަކުގައި ރައީސް ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ދަތުރުފުޅުގައި ހއ. އުތީމުގައި ކުރިއަށްދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް ޖަޒީރާ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަކީ އިހުގައި އޮތް ޤައުމިއްޔަތު އަނބުރާ ދިރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކެއް ކަމުގައިވިދާޅުވެފައެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް ވަނީ ވަޑައިގެންނެވި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.

މި ރަސްމީ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.