ގދ.މަޑަވެލީ ދޯންޏަކުން 57 ޓަނު މަސް ކޫއްޑޫއަށް ކިރުވައި ރެކޯޑެއް ގާއިމު ކޮށްފިއެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެކުނުގެ މޫސުން އެންމެ ރަގަޅަށް ތަން ނުދިންކަމުގައިވީ ނަމަވެސް، އިއްޔެ މަހަށް ނިކުތް ގދ. މަޑަވެލީގެ ޓީއެސް ލައިން ދޯނިން 57.152 ޓަނު މަސް ކޫއްޑޫއަށް ކިރުވައި، އެއް ދުވަހެއްގައި ދޮށީގެ މަސްވެރިކަމުގެ ރެކޯޑެއް ހަދާފައިވާކަމަށެވެ.
މިދޯނިން ކިރުވި މަަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާކަންވެސް ޓްވީޓްގައި ފާހަގަ ކޮށްފައިވެއެވެ.
ٱلْحَمْدُ لِلَّٰهِ. ދެކުނުގެ މޫސުން އެންމެ ރަގަޅަށް ތަން ނުދިންކަމުގައިވިޔަސް الله ގެ ރަޚުމަތްފުޅާއިއެކު އިއްޔެ މަހަށް ނިކުތް ގދ.މަޑަވެލީގެ ޓީއެސް ލައިން ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށްކިރުވައި ، އެއްދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައި. 1/2 pic.twitter.com/qQ5PztCxQh
— Ismael (@ishmaeelu) September 28, 2022
ފައުޒީ ވިދާޅުވީ މި ދޯންޏަކީ މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސްކިރުވި ދޯނި ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެ ދޯނިން 1095.805 ޓަނުގެ މަސް މިފްކޯއަށް ކިރުވިކަން ފާހަގަކޮށްފައިވެއެވެ.