Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އެމްއެންޕީގެ ޓީމެއް ލ. އަތޮޅަށް

ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ލީޑާޝިޕްގެ ޓީމެއް ލ. އަތޮޅަށް ވަޑައިގެންފިއެވެ.

އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް އަދި ލީޑަރޝިޕްގެ ޓީމް ލ. އަތޮޅަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި ދަތުރާ ގުޅޭގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން އެމްއެންޕީން ބުނެފައިވަނީ، މިދަތުރަކީ ޕާޓީގެ މެމްބަޝިޕް އިތުރުކުރުމުގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތައް ސާފުކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.

މީގެއިތުރުން މިދަތުރުގައި އެމްއެންޕީގެ ޓީމުން ލ. ދަނބިދޫ އަދި ތ. ގުރައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ކެމްޕޭންގައި ބައިވެރިވެވުމަށްވެސް ހަމަޖެހިފައިވެއެވެ.

އެމްއެންޕީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ސާފުކުރަމުންނެވެ. އަދި އެ ޕާޓީގެ މެމްބަޝިޕް އިތުރުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި އަންނަނީ ކުރަމުންނެވެ.