Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ސިވިލް ކޯޓުގެ ޤާޒީ އަލީ އަބްދުﷲގެ ސުލޫކީ މައްސަލައެއް

ސިވިލް ކޯޓުގެ ޤާޒީ އަލީ އަބްދުﷲގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ ގާޟީ އަލީ އަބްދުﷲގެ ތަހުގީގު ކުރުމަށް ނިންމާފައިވަނީ، އަވަހަށް ބަލައި ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް އަވަހަށް ހިންގުމުގައި ފަރުވާކުޑަކޮށް އެކަށީގެން ނުވާ މިންވަރަށް ލަސްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައިގައި ކަމަށެވެ.

އެގޮތުން މިމައްސަލަ ތަހުގީގު ކުރުމަށް ތަހުޤީޤު ކޮމިޓީއަކާ ހަވާލުކުރުމަށް 2022 ސެޕްޓެންބަރު 21 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.