Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުން ނިންމާލައިފި

ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިއޮތް އެމްޓީސީސީން ބުނެފަިއވަނީ، ރ. ރަސްމާދޫ ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 29 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 381 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ރަސްމާދޫ ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 13.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.