އައްޑޫ މީދޫގެ ހުކުރު މިސްކިތެއް މަރާމާތަށް ހަ މަހަށް ބަންދުކުރާ ގޮތަށް ނިންމައިފި އެވެ.
ކައުންސިލުން ބުނީ އަންނަ މަހުގެ 1 އިން ފެށިގެން ބަންދުކުރަން ނިންމާފައި ވަނީ މީދޫ މަސްޖިދުއް ޝައިޚް އަލީ ކަމަށެވެ. މި މިސްކިތަކީ ހުކުރުކުރާ މިސްކިތަކަށްވާތީ މަރާމާތަށް ބަންދުކޮށްފައިވާ މުއްދަތުގެ ތެރޭގައި. ހުކުރު ކުރަން ނިންމާފައި ވަނީ މަސްޖިދުއް ޒިކުރާގަ އެވެ. އެއީ އަންނަ މަހުގެ 7 އިން ފެށިގެންނެވެ.

މަސްޖިދުއް ޝައިޚް އަލީ ވަގުތީ ގޮތުން ބަންދުކުރުމަށް ފަހު އެ ތަނުގެ މަރާމާތުގެ ތެރެއިން މިސްކިތުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން ބައެއް އިތުރުކުރަން ވެސް ހަމަޖެހިފައިވެ އެވެ.