Last Updated: July 18, 11:34
Saturday, July 18, 2026
ޚަބަރު

އައްޑޫގައި ވެހިކަލްތައް ޗެކްކުރަން އޮޕަރޭޝަނެއް

ހިތަދޫ ލިންކު ރޯޑު، ފޮޓޯ: އައްޑޫލައިވް

އައްޑޫގައި ވެހިކަލްތައް ޗެކްކުރަން ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ހައި އިންޕެކްޓް ކްރައިމްތަކަށް ފޯކަސް ކޮށްގެން އައްޑޫގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ބައެއް ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގެ ތެރެއިން ގަވައިދާ ހިލާފަށް ރެޖިސްޓްރީ ކޮށްފައިވާ އުޅަނދު ފަހަރު ދުއްވުން/ބޭނުން ކުރުމާއި، ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ އުމުރު ހަމަވެފައިވާ ވެހިކަލްތައް ރެޖިސްޓްރީ ކޮށްގެން ދުއްވުން/ބޭނުން ކުރުމާއި އަދި ރެޖިސްޓްރީ ނުކޮށް ހުންނަ ވެހިކަލްތައް އެކި ނަމްބަރު ތައް ޖަހައިގެން ދުއްވުން/ބޭނުންކުރަމުންދޭތޯ ބަލާނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މިކަންތައް ތަންފީޒުކުރުމަށް އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބުނެފަ އެވެ.