އައްޑޫ ސިޓީ ކައުންސިލް މުވައްޒަފުންނަށް އެސްޓީއޯގެ ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދިނުމާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެސްޓީއޯގެ ހެޑް އޮފީހުގައި އިއްޔެ އެ އެމްއޯޔޫގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ ނަބީހެވެ. މި އެެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ކުރިއަށް އެކިއެކި ޕްރޮމޯޝަންތަކުގައި ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެން ދާނެ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އައްޑޫ ސިޓީ ކައުންސިލާ އެކީ ވެވުނު އެއްބަސްވުމުގެ ދަށުން މާލޭގައި ހުންނަ އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އާއި އައްޑޫގައި ހުންނަ އެ ކުންފުނީގެ ފިހާރަތަކުން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގައި ކައުންސިލް މުވައްޒަފުންނަށް ހާއްސަ ޑިސްކަައުންޓްތަކެއް ލިބޭނެ އެވެ.
އައްޑޫގައި އެސްޓީއޯގެ ހަތަރު ފިހާރައެއް ހުރެ އެވެ. އެއީ ހިތަދު އާއި މަރަދޫފޭދު އާއި ފޭދޫގެ އިތުރުން ހުޅުމީދޫގަ އެވެ.