Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

ބާސްކެޓްގެ ޗެމްޕިއަންކަން ލަންކާ އަށް

އަމިއްލަ ގައުމުގައި މުބާރާތުގެ ފައިނަލްގައި ކުޅެ "ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް" ގައި ރާއްޖެ ބަލިވެ، ސްރީ ލަންކާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މަހުގެ 24-29 އަށް ބޭއްވި މުބާރާތުގެ ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު ފައިނަލް މެޗްގައި ލަންކާ އިން ރާއްޖެ ބަލިކުރީ 72-59 އިންނެވެ.

ދެހާސް ސޯޅައިގައި ތައާރަފުކުރި މި މުބާރާތް އެ އަހަރު ވެސް ކާމިޔާބުކުރީ ލަންކާ އެވެ. "ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް" ދެވަނަ މުބާރާތުގައި ލަންކާ ރަން މެޑެލް ހޯދި އިރު، މި ފަހަރަށް ރަނަށް އަމާޒު ހިފި ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓް ޓީމަށް ފުއްދައިލަން ޖެހުނީ ބްރޯންޒުންނެވެ.

މި މުބާރާތުގެ ރިހި މެޑެލް ހޯދީ ނޭޕާލެވެ.

ރާއްޖޭގެ އިތުރުން މި މުބާރާތުގައި ވާދަކުރީ ބޫޓާން، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލެވެ.