ދ. ކުޑަހުވަދޫގައި އެމްޑީޕީގެ އިސް މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ރަށުގެ މަސްވެރިޔަކު ޕީޕީއެމަށް ސޮއިކޮށްފި އެވެ.
ޕީޕީއެމުން މިއަދު ބުނި ގޮތުގައި އެ ޕާޓީއާ ގުޅުނު އެމްޑީޕީގެ އިސް މެމްބަރަކީ އެ ރަށު ރަސްގެފާނު ދޯނީގެ ވެރިޔާ ހުސައިން ރަޝީދު މޫސާ އެވެ. އޭނާ ޕީޕީއެމަށް ސޮއިކޮށް، ފޯމް ހަވާލުކުރީ ކުޑަހުވަދު އަށް މިހާރު ވަޑައިގެން ހުންނެވި ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނާ އެވެ.
ރަޝީދު ޕީޕީއެމާ ގުޅުމާ ބެހޭ ގޮތުން އެ ޕާޓީން ބުނީ އޭނާ ފަދަ މަސްވެރިން ޕީޕީއެމާ ގުޅެނީ މި ސަރުކާރުން މަސްވެރިން ބިކަކޮށް ނިކަމެތިކުރަމުންދާތީ ކަމަށެވެ. އަދި މި ސަރުކާރުން މަސްވެރިންނަށް ވީ އެއްވެސް ވައުދެއް ނުފުދެއްދޭ ކަމަށާއި އެ ސިނާއަތު ފުނޑާލާފައިވާތީ ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިންގެ ނިކަމެތި ހާލު ބަދަލުކޮށްދޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.