Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނަޝީދު "އޯޝަން ވީކްލީ" ނެރެން ފަށައިފި

އަބަދު ވެސް ލިޔުންތެރި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދި އިސްކޮށް ހުންނަވައިގެން "އޯޝަން ވީކްލީ" ގެ ނަމުގައި ހަފުތާ ނޫހެއް ނެރެން ފަށައިފި އެވެ.

އޭ4 ސައިޒުގައި ނެރޭ މި މަޖައްލާގައި އެކިއެކި މައުޝޫތަކާ ގުޅޭ ލިޔުންތައް ހުންނާނެ އެވެ. މައިގަނޑު ގޮތެއްގައި ދިވެހި ބަހުން ނެރޭ "އޯޝަން ވީކްލީ" މިހާރު މާލޭގެ ބައެއް ތަންތަނުން ގަންނަން ލިބޭނެ އެވެ. އަގަކީ 50ރ. އެވެ.

މީގެ ފުރަތަމަ އަދަދު މިހާރު ލިބެން ހުންނާނެ ތަންތަނުގެ ތެރޭގައި އަސްރަފީ ބުކްޝޮޕް، އޯޝަން ލައިބްރަރީ، ނޮވެލްޓީ ބުކްޝޮޕް، ސަރީ ބުކްޝޮޕް، ޑޯލްފިން ކެފޭ، ސިޓްރޮން، ސިޓްރޮން- ރަސްފަންނު އަދި މެރާކީ ހިމެނެ އެވެ.

ކުރިން ރާއްޖޭގެ ބައެއް ނޫސްތަކަށް ވެސް ލިޔުއްވި ނަޝީދަކީ ފޮތްތަކެއް ވެސް ލިޔުއްވާފައިވާ ބޭފުޅެކެވެ.