Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

"ދެމެހެއްޓެނިވި ވިޔަފާރީގައި އަންހެނުން" ޕްރޮގްރާމް ފަށައިފި

ފޮޓޯ: އިކޮނޮމިކް މިނިސްޓްރީން

ދެމެހެއްޓެނިވި ވިޔަފާރީގައި އަންހެނުން، "ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް" (ވައިޒް) ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމް މިއަދު ފަށާފައިވަނީ ހދ. ހަނިމާދޫގައެވެ. ހަނިމާދޫގައި މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައި ދެއްވީ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، މި ޕްރޮގްރާމުގެ ތެރެއިން އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް ޑަބްލިޔު.ޑީ.ސީތަކުގެ ދައުރު ފުޅާކުރުމާށާއި އަންހެން ވިޔަފާރިވެރިންނަށް އިކޮނޮމިކް މިނިސްޓްރީން އަދި މިނިސްޓްރީއާ ގުޅުންހުރި އިދާރާތަކުން ލިބެންހުރި ފުރުސަތުތަކާއި އެފުރުސަތުތަކަށް އެދުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ޕްރޮގްރާމް ހިންގުމަށް އެކިރަށްރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.