އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއްގެ ތަސްވީރު ހިމަނައިގެން ނެރެން ނިންމާފައިވާ ފައިސާފޮތި ދައްކާލައިފި އެވެ.
އެ ގައުމުގައި ފައިސާފޮތި އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ކުރާ، ރޯޔަލް މިންޓުން ފުރަތަމަ ދައްކާލާފައި ވަނީ 5 ޕައުންޑާއި 50 ޕެންސްގެ ފައިސާފޮއްޗެވެ. އެ ދެ ފައިސާފޮތީގައި ވެސް ޗާލްސްގެ މޫނުފުޅު ވާތް ފަރާތުން ހިމަނާފައިވާ އިރު، ފައިސާފޮތީގެ ވަށައިގެން ޗާލްސް ތިނެކާ އެކީ އިތުރު އަކުރުތަކެއް ހިމަނާފައިވެ އެވެ.
އެގޮތުން ފައިސާފޮތީގައި ޗާލްސްގެ ނަމާ އެކީ ހިމަނާފައިވާ އަކުރުތައް ކަމަށްވާ ޑީ.ޖީ.އާރްއީއެކްސް.އެފް.ޑީ އަކީ "ބާއި ދަ ގްރޭސް އޮފް ގޯޑް، ޑިފެންޑާ އޮފް ދަ ފެއިތު" އެވެ. އާ ރަސްގެފާނުގެ ތަސްވީރާ އެކީ ނެރެން ނިންމާފައިވާ ފުރަަތަމަ ފައިސާފޮތި ފަރުމާކުރީ އިނގިރޭސިވިލާތުގެ މަޝްހޫރު ސްކަލްޓާ މާޓިން ޖެނިންސް އެވެ.
We are proud to unveil the first official coin portrait of King Charles III which has been designed by Martin Jennings FRSS and personally approved by His Majesty.
The first coins to feature the effigy are part of a memorial collection for Her Late Majesty Queen Elizabeth II. pic.twitter.com/umrUBbUCBr
— The Royal Mint (@RoyalMintUK) September 29, 2022
ރޯޔަލް މިންޓުން ބުނި ގޮތުގައި އާ 50 ޕެންސް ވަރަށް އަވަހަށް އިގުތިސާދުގެ ތެރެއަށް ނެރެ އާންމުކޮށް ދައުރުކުރަން ފަށާނެ އެވެ.
If you have any questions about the portrait or the memorial collection, please head this way 👉 https://t.co/LVKBXGH35q
— The Royal Mint (@RoyalMintUK) September 29, 2022
އިނގިރޭސިވިލާތުގެ ފައިސާ އަށް ބަދަލުތަކެއް ގެންނަން ފަށާފައި މި ވަނީ 70 އަހަރަށް ވުރެ ގިނަ ދުވަހު ރަނިކަންކުރެއްވި ޗާލްސްގެ މަންމާފުޅު އެލިޒަބަތު ދޭއް މިދިޔަ މަހުގެ 8 ގައި އަވަހާރަވެ، ޗާލްސް ތަހުތާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އެގޮތުން އެ ގައުމުގެ 10،20،50 އަދި 5 ޕައުންޑްގެ ނޫޓްތައް ޗާލްސްގެ ތަސްވީރާ އެކީ 2024 ގައި ނެރެން ނިންމާފައިވާ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލޭންޑުން މިދިޔަ ހަފުތާގައި އިއުލާންކޮށްފައިވެ އެވެ.
އިނގިރޭސިވިލާތުގައި މިހާރު ބޭނުންކުރާ ފައިސާގައި ރާނީގެ ކުލަވަރު ވަރަށް ބޮޑެވެ.