އޮކްޓޫބަރު 3 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބުނެފައިވަނީ، އޮކްޓޫބަރު މަހުގެ 3 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވާފައިވާ ކަމަށެވެ.
މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މި ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއެވެ.
މީގެއިތުރުން މި އަހަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް، ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.