Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ކަނޑުވި އިންޑިއާ ބޯޓްގެ ފަޅުވެރިން މާލެ ގެންގޮސްފި

އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން މާލެ އަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެންގޮސްފި އެވެ.

މި މީހުން މާލެ ގެންދިޔައީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުން ދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓުގައި ރޭ 11:45 ގަ އެވެ. އިންޑިޔާ އަށް ނިސްބަތްވާ މި ހަ ފަޅުވެރިން މާލެ ގެންދިޔައިރު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން އެ މީހުންނާ ގުޅުން ހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޖުމުލަ ހަތް މީހުންނާއެކު ދަތުރު ކުރި މި ބޯޓުން ގެއްލުނުކަމަށް ބެލެވޭ މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް އެ މީހާ ފެނުނީ އިއްޔެ ހަވީރު 5:25 ހާއިރު އެވެ.