Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް

ފޮޓޯ: އައްޑޫލައިވް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ގައުމީ މޫސުމާބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 02:00 އިން ރޭގަނޑު 08:00 ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެފައިވާއިރު ކުރިއަށްއޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.