Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

ފަޒްލޫނާއި ނިޝާން ހިމެނޭހެން ގިނަ ބަޔަކަށް ދައުވާކޮށްފި

ފޮޓޯ: އަދަދު

ޔޯގާ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ގިނަ ބަޔެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، 21 ޖޫން 2022 ދުވަހު ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަޙައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ދަޢުވާ ކުރުމަށް 02 އޮކްޓޫބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދު އަދި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ 7 މީހަކަށް:
1. މއ. ކަނުހުރާ، މުޙައްމަދު ޛިލިއަން
2. ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުالله ރިފާއު
3. ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިއު
4. ރ. ކަދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
5. ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
6. މ. ކުދެހިގެ، ޙަސަން ޝިފާޒު
7. ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް

ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ 7 މީހަކަށް:
1. ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް
2. ގ. ފީނިކްސް، ޢަބްދުالله ނިޔާޒު
3. ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު
4. ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު
5. ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން
6. ހދ. ކުޅުދުއްފުށި، ބާބޫގެ، ޙުސައިން ޢަލީ
7. މ. ފަޅުމަތީގެ، އަޙްމަދު ޢަލީ

މީގެއިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢުގެ މައްޗަށް އުފުލާފައިވާއިރު، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގެމުގެ ދައުވާ ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމްގެ މައްޗަށް އުފުލާފައިވެއެވެ.

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުالله ރިފާއު، ރ. ކަދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް އަދި މ. ކުދެހިގެ، ޙަސަން ޝިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް އަދި މއ. ކަނުހުރާ، މުޙައްމަދު ޛިލިއަންގެ މައްޗަށް އުފުލާފައިވެއެވެ.

މީގެއިތުރުން 15 މީހެއްގެ މައްޗަށްވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ ދައުވާ އުފުލާފައިވާ މީހުންނަކީ:
1. ގ. އުފުރިޔާ، މުޙައްމަދު ފައިޞަލް
2. މ. އޯކިޑްހައުސް، މުޙައްމަދު ފައިޞަލް
3. މއ. ކަނުހުރާ، މުޙައްމަދު ޛިލިއަން
4. ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުالله ރިފާއު
5. ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިއު
6. ރ. ކަދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
7. ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
8. މ. ކުދެހިގެ، ޙަސަން ޝިފާޒު
9. ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް
10. ގ. ފީނިކްސް، ޢަބްދުالله ނިޔާޒު
11. ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު
12. ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު
13. ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން
14. ހދ. ކުޅުދުއްފުށި، ބާބޫގެ، ޙުސައިން ޢަލީ
15. މ. ފަޅުމަތީގެ، އަޙްމަދު ޢަލީ

މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަކަށް ހުރަސްއަޅައި، އެހަރަކާތުގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް އެތަނަށްވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އެމައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖީލުންވެސް ވަނީ ނިންމާފައެވެ.