Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

މީޑިއާ ސެންޓަރުން ވަގަށް ނެގި ތަކެތި ހޯދައިފި

އައްޑޫގައި ހުންނަ ޕީއެސްއެމްގެ މީޑިއާ ސެންޓަރު ފަޅާލައިގެން ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފި އެވެ.

ހިތަދޫގައި ހުންނަ މީޑިއާ ސެންޓަރު މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު ފަޅާލައިގެން ނެތި ތަކެތީގެ ތެރޭގައި އޭސީއަކާއި ލެޕްޓޮޕަކާއި ޓީވީއަކާއި ޕްރިންޓަރެއްގެ އިތުރުން ވެސް އިލެކްޓްރޯނިކް ކުދިކުދި ސާމާނު ހިމެނެ އެވެ.

ވަގަށް ނެގި ތަކެތި ހޯދާ ފުލުހުން ހޯދި އިރު، ވައްކަންކުރި ކަމަށް ބެލެވޭ 32 އަހަރުގެ ޒުވާނަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.