ރާއްޖޭން އެކުލަވާލާފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓް މުރާޖާކޮށް ރައީސް އޮފީހުން އަލުން އެ ގެޒެޓްކޮށްފި އެވެ.
ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން މި ލިސްޓް އެންމެ ފުރަތަމަ ޢާއްމުކުރީ 2019 ގެ އޮކްޓޯބަރުމަހުގެ ތެރޭގަ އެވެ. އެ މަޖިލީހުން ޓެރަރިސްޓް ޖަމާއާތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓް އަލުން މުރާޖަޢާ ކުރުމަށް ފަހު ނިންމީ ލިސްޓަށް އުނިއިތުރެއް ގެނައުމަށް ނުފެންނަ ކަމަށެވެ. އެ ލިސްޓުގައި ޓެރަރިސްޓް ޖަމާޢަތްތަކުގެ ގޮތުގައި 19 ޖަމާޢަތެއް ކަނޑައަޅާފައިވާފައިވެ އެވެ. އަދި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ސީރިއާ އެކަންޏެވެ.
ލިސްޓު މިއަހަރު މުރާޖާކޮށް ނެރުނު އިރު ވެސް އެއްވެސް ބަދަލެއް ނެތެވެ. ނަމަވެސް މިއީ އިސްލާހުތަކެއް ފަހު ލިސްޓް ގެޒެޓްކުރި ހަތަރު ވަނަ ފަހަރެވެ.
ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ކަނޑައެޅި ލިސްޓް:
* އިސްލާމިކް ސްޓޭޓް
* އަލް ގައިދާ
* ޖަބްޙަތުއް ނުސްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
* ލަޝްކަރޭ ޠައިބާ
* އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
* އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
* އަބޫ ސައްޔާފް ގްރޫޕް
* ބޯކޯ ހަރަމް
* އަލް ޝަބާބް
* އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
* ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)
* ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
* ޖައިޝޭ މުޙައްމަދު
* އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
* ނޭޝަނަލް ތައުޙީދް ޖަމާޢަތް
* ޖަމާޢަތު މިއްލަތޭ އިބްރާހީމް
* ވިލާޔަތް އަލް ސޭލާނީ
* ހައިއަތު ތަހްރީރު އަލް ޝާމް
* ހުއްރާސް އައް ދީން
ހަނގުރާމަވެރި ސަރަޙައްދުތައް ކަމަށް ކަނޑައެޅި ސަރަޙައްދުތައް:
* ސީރިޔާގެ ހުރިހާ ސަރަޙައްދެއް
މިއީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިއްވި ޓެރަރިސްޓް ޖަމާޢަތްތަކެވެ.