Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހަ ފޫޓުގެ ފާނައެއް އައްޑޫގައި ބާނައިފި

ހަ ފޫޓުގެ ބޮޑު ފާނައެއް އައްޑޫ މީހަކު ބާނައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސް ބާނާފައި ވަނީ މަރަދޫ ބަނދަރު ނެރުމަަތިން ހިތަދޫ މީހެކެވެ. މި މަސް ބާނާފައި ވަނީ ކުޑަ ޑިންގީއެއްގައި ކަންނެއްޔަށް ދިޔަ ބަޔަކު އެނބުރި އައި މަގުމަތީގައި ކަމަށްވެ އެވެ.

މި މަހުގެ ދިގު މިނުގައި ހަ ފޫޓް ހުރިއިރު ބަރުދަނުގައި 108 ކިލޯ ހުރި ކަމަށްވެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭނި ފާނައިގެ އެންމެ ދިގު މަހަށްވުން ގާތް ކަމަށް ބެލެވެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ބަރުދަނުގައި 74 ކިލޯ ހުރި ފާނައެއް ވެސް ދިވެހި މަސްވެރިންގެ ބަޔަކު ވަނީ ބާނާފައިވެ އެވެ.

މޯލްޑިވްސް ރިސާޗް އިންސްޓިޓިއުޓްއިން 2018-2020 ވަނަ އަހަރުގެ ނިޔަލަށް އެކި ގޮތްގޮތުން ހޯދާފައިވާ މައުލޫމާތަށް ބަލާ އިރު ރާއްޖޭން އެންމެ ގިނައިން ބާނާފައިވާ ފާނައިގެ ބާވަތްތައްކަން ވަނީ ހާމަވެފަ އެވެ.

އެ ދިރާސާ އިން ހާމަވެފައިވާ ގޮތުގައި ރާއްޖޭގައި ބާނާ ފާނައިގެ 90 ޕަސެންޓަކީ 10 ބާވަތެއްގެ ފާނަ އެވެ.