Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އައްސޭރި ޖަލުގައި މިސްކިތެއް ހަދަން މަޝްވަރާކޮށްފި

ކ. ހިންމަފުށީ އައްސޭރި ޖަލުގައި މިސްކިތެއް އިމާރާތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާތަކުގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.

މި ބައްދަލުވުމުގައި އަހުމަދު ވަނީ އައްސޭރި ޖަލުގެ ގައިދީންނަށް މިހާރު ނަމާދު އަޅުކަން އަދާކުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި އެތަނަށް މިސްކިތެއްގެ މުހިއްމުކަން ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އަދި ގައިދީން އަނބުރާ މުޖުތަމައަށް ނުކުންނަ އިރު، ހަރުދަނާ މުހިއްމު ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް ވެސް އައްސޭރި ޖަލުގައި މިސްކިތެއް ހުރުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ބައްދަލުވުމުގައި މިނިސްޓްރީން ވިދާޅުވީ އައްސޭރި ޖަލުގައި މިސްކުތެއް އިމާރާތްކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.