Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ކަޒަކިސްތާނާއި ރާއްޖޭން ވައިގެ ހިދުމަތުގެ އެއްބަސްވުމެއް

ރާއްޖެ އާއި ކަޒަކިސްތާނާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމެއްގައި ސޮއިކުރީ ކެނެޑާގެ މޮންޓްރިއަލްގައި ކުރިއަށްދާ އައިކާއޯގެ 41 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގަ އެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ އެވެ. ކަޒަކިސްތާންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަލް ޑިވެލޮޕްމަންޓްގެ ސިވިލް އޭވިއޭޝަން ކޮމިޓީގެ ޗެއާމަން ތަލްގަތު ލަސްޓާޔެވް އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް ފެށުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން ހޯދުމަށް ކަމަށެވެ. މިފަަދަ އެއްބަސްވުމެއްގައި ސޮއިކުރި އިރުޔ ކަޒަކިސްތާނަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް މިދިޔަ މަހުގެ 14 އިން ފެށިގެން އެ ގައުމުން އަންނަނީ މަސް ދުވަހުގެ އޮންއެރައިވަލް ވިސާ ވެސް ދޫކުރަމުންނެވެ.