Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ސިފައިންނާއި އިންޑިއާ ނޭވީގެ ތަމްރީނު ނިންމާލައިފި

އެމްއެންޑީއެފާއި އިންޑިއާ ނޭވީން ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ހިންގި "އެކްސަސައިޒް އެކަތަ 2022" ނިންމާލައިފި އެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން އިއްޔެ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓާޒް، ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކްސަސައިޒްގެ "ބެސްޓް ޑައިވަާސް" އެވޯޑް ހާސިލުކުރި މެރީންސް އަށް އެވޯޑް ހަވާލުކޮށްދެއްވީ ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ.

މިދިޔަ މަހުގެ 5 އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެކްސަސައިޒްް ނިންމުމުގެ ސްމިއްޔާތުގައި، އެކްސަސައިޒްގައި ބައިވެރިވި އިންޑިއާ އަސްކަރިއްޔާގެ ޓްރެއިނިން ޓީމަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މީގެ އިތުރުން ތަމްރީނުގައި ބައިވެރިވި އެމްއެންޑީއެފް މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ) ގެ މެރީންސްއަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނު މަހާވަރް އާއި އިންޑިއަން ނޭވީގެ ސަދަން ނޭވަލް ކޮމާންޑްގެ ފްލެގް އޮފިސަ ކޮމާންޑިން އިން ޗީފް، ވައިސް އެޑްމިރަލް އެމްއޭ ހަމްޕިހޯލީއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އިންޑިއަން ނޭވީގެ ސަދަން ނޭވަލް ކޮމާންޑްގެ ފްލެގް އޮފިސަ ކޮމާންޑިން އިން ޗީފް، ވައިސް އެޑްމިރަލް އެމްއޭ ހަމްޕިހޯލީ ވާހަކަފުޅު ދެއްކެވި އެވެ.

މަރުހަބާ އާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އެމްއެންޑީއެފް މެރިން ކޯރ، ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ ކޮމާންޑަ ކެޕްޓަން ޙުސައިން ޝަފީޤެވެ. އަދި އެކްސަސައިޒް ކުރިއަށްދިޔަ ގޮތުގެ ރިޕޯޓް އިއްވައިދެއްވީ އިންޑިއާ ނޭވީ ޓްރެއިނިން ޓީމުގެ ލެފްޓިނެންޓް ކޮމާންޑަރު މަހޭޝް ކުމާރެވެ.

އެމްއެންޑީއެފް މެރިން ކރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސް އާއި އިންޑިއަން ނޭވީގެ 10 މެރިން ކޮމާންޑޯސް ބައިވެރިވި މި އެކްސަސައިޒްގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމޮލިޝަން، ސީކިއުބީ، ޑައިވޭޓަރ ޑައިވިންގ، ރީބްރީތަ ޑައިވިންގެ އިތުރުން ޑައިވިންގ އޮޕަރޭޝަން ފަދަ ބައިތައް ވަނީ އުނގެނި ފަރިތަކޮށްފައިވެ އެވެ.