އަގުހެޔޮ އެއާލައިނެއް ކަމަށްވާ ވިޒް އެއާގެ ދަތުރުތައް ރާއްޖެ އަށް އިއްޔެ ފަށައިފި އެވެ.
އިއްޔެ ހަވީރު 5:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެ އެއާލައިންގެ ފުރަތަމް ފްލައިޓް ޖެއްސުމާ ދިމާކޮށް މަރުހަބާކިޔުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުއާއު ބައިވެރިވެވަޑައިގަތެވެ.
Welcoming @wizzair to the #SunnySideofLife 🇦🇪 🇲🇻
Enjoy affordable flights and better connections from the Greater Wizz Air Network to the #WorldsLeadingDestination ✈️ ☀️ #VisitMaldives #WizzAir pic.twitter.com/DKyJsUsRsS— Velana Airport (@VelanaAirport) October 4, 2022
ވިޒް އެއާގެ ދަތުރުތައް ހަފުތާއަކު ހަތަރު ދުވަހު ރާއްޖެ އާއި އަބޫދާބީއާ ދެމެދު ބާއްވަން ހަމަޖެހިގައިވެ އެވެ. އެއީ ހޮނިހިރާއި އާދީއްތަ އާއި އަންގާރަ އަދި ބުރާސްފަތީގަ އެވެ. މި ދަތުރުގެ އަގަކީ ކޮޅަކަށް އެންމެ 97 ޑޮލަރެވެ.
ޔޫއޭއީގެ އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު މިހާރު ސީދާ ދަތުރުތައް ކުރަނީ ހަމައެކަނި އިއްތިހާދު އެއާވޭސްއިންނެވެ. އެކަމަކު އެ ގައުމުގެ ދުބާއީ އަށް ރާއްޖޭން ކޮންމެ ދުވަހަކު ވެސް ފްލައިޓްތައް އޮވެ އެވެ.
ވިޒް އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށި އިރު، މި މަހުގެ 10 ގައި ސްރީ ލަންލާގެ ފިޓްސްއެއާގެ ދަތުރުތައް ވެސް ރާއްޖެ އަށް ފަށަން ހަމަޖެހިފައިވެ އެވެ.