Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ކެސީނޯ އަޅަން ތާއީދެއް ނުކުރަން، މައާފަށް އެެދެން: މަހުލޫފް

މިނިސްޓަރު އަހުމަދު މަހުލޫފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކަސީނޯއާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަ އޮޅުންއަރާފައިވާތީ މައާފަށް އެދޭކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަސިނޯ އަޅަން ތާއީދު ނުކުރާ ކަމަށާއި އަދި އެކަމަށް ވަކާލާތުވެސް ނުކުރާ ކަމަށެވެ.

"އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫން.އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސްނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް."

މަހުލޫފް ވިދާޅުވީ މަޖިލީހުގައި ދެއްކި ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށްއެދި އެކަން ޔަގީންކޮށްދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، ދީނީ ގޮތުން ހިލާފު އުފެދިފައިވާ ކަންކަމުގައި ވާހަކަދައްކައިގެން ގޮތްތަކެއް ހޯދަން ދަސްކުރަން ޖެހޭ ކަމަށާއި، ރާއްޖޭގައި ކެސިނޯގެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އުޅެން ޖެހެނީ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވިއެެވެ.

މަހުލޫފް ވިދާޅުވީ އެއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް ގިނަފަހަރު ނުލިބޭ ކަމަށާއި، އެފަދަ ކަންކަމުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދެން ޖެހޭ ކަމަށެވެ.